×

ދަތުރުވެރިންނަށް

ޑިކްލަރޭޝަނާއި ހުއްދަތައް

މުދަލުގެ ބަޔާން ހުށަހެޅުން

މުދަލުގެ ބަޔާން ހުށަހެޅުން

ޤާނޫނު ނަމްބަރު 31/79 ( ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނު) ގައިވާ ގޮތުން އަމިއްލަ ކުދިކުދި ބޭނުމަށް އެތެރެކުރެވޭ މުދަލަށް އެމުދަލުގެ އެފް.އޯ.ބީ އަގު 6000 (ހަހާސް) ރުފިޔާ ހަމަ ނުވާނަމަ އެއީ އަމިއްލަ ބޭނުމަށް އެތެރެކުރި މުދަލެއްކަމަށް ބަލައި ޑިއުޓީ އިނާޔަތް ދެވިދާނެއެވެ.

އަމިއްލަ ބޭނުމަށް އެތެރެކުރެވޭ މުދަ ހުންނަންވާނީ އެއެތެރެކުރެވޭފަރާތެއްގެ އަމިއްލަ ނަމުގައެވެ. އެނޫން ނަމެއްގައި ހުންނަ މުދަލެއްނަމަ އެމުދާ ބެލެވޭނީ އެއީ ވިޔަފާރި މުދަލެއްގެ ގޮތުގައެވެ. އަދި އެމުދަލަށް އާއްމު އުޞޫލުން ޑިކްލަރޭޝަން ޕްރޮސެސް ކުރިއަށް ގެންދަން ޖެހޭނެއެވެ.

އަމިއްލަ ކުދުކުދި ބޭނުމަށް އަމިއްލަ ނަމުގައި އެތެރެކުރެވޭ މުދާ ތަކުގެ ތެރެއިން އެމުދަލުގެ ކްއަންޓިޓީ ގިނަކަމަށް ކަސްޓަމްސްއަށް ފެންނަ ޙަލަތްތަކުގައި އެމުދަލަކީ 6000 (ހަހާސް) ރުފިޔާގެ މިންވަރު ތެރޭގައި ހިމެނޭ މުދަލެއްނަމަވެސް އެމުދަލަށް ޑިކްލަރޭޝަން ފޯމް ފުރުވައި 6000 (ހަހާސް) ރުފިޔާގެ އިނާޔަތް ކަނޑާލައި އެމުދާ ވިޔަފާރި މުދަލެއްގެ ގޮތުގައި ބެލޭނެއެވެ.

އަމިއްލަ ކުދިކުދި ބޭނުމަށް އެތެރެކުރެވޭ ނުދަލުގެ އެފް.އޯ.ބީ އަގު 6000 (ހަހާސް) މިންވަރަށް ވުރެ ބޮޑުވާނަމަ މުދާ އެތެރެކުރި ފަރާތުން އެމުދަލަށް ޑިކްލަރޭޝަން ފޯމެއް ފުރަށް ޖެހޭނެއެވެ އަދި އެހާލަތުގައި އެމުދަލުގެ ޑިއުޓިން 6000(ހަހާސް) ރުފިޔާގެ މިންވަރު އުނިކުރެވޭނެއެވެ.

މިސާލަކަށް މުދަލުގެ އަގަކީ 10000 ރުފިޔާނަމަ 6000 ރުފިޔާ ކެނޑުމަށްފަހު ޑިއުޓި ނެގޭނީ 4000 ރުފިޔާ އިންނެވެ.

ޑިކްލަރޭޝަން ފޯމް ފުރަށް ޖެހޭ ޙާލަތްތަކުގައި އމަލަު ކުރާނީ އާއްމުކޮން ޑިކްލަރޭޝަން ޕްރޮސެސްގައި އަމަލު ކުރާ ގޮތަށެވެ. ނަމަވެސް ކޮމަރޝަލް އިންވޮއިސްއެއް ނެތް ޙާލަތެއްގައި ކްރޫ އެންޑް ޕަސަންޖަރ ވެލްއޭޝަން ފޯމެއް ފްރައި މުދަލުގެ އަގު ކަނޑައެޅުމުގެ ފުރުސަތު ދެވޭނެއެވެ.