×

އަމިއްލަ ބޭނުމަށް ގެނެވޭ ތަކެތި

ޕޯސްޓުގެ ޒަރިއްޔާއިން ގެންނަ ތަކެތި

ޕޯސްޓަލް ޕާރްސަލް

ޕޯސްޓްގެ ޒަރިއްޔާއިން ރާއްޖެއަށް އެތެރެކުރާ ޕާރްޝަލްތަކުގައި މުދާ ހުރިވަރު ދެނެގަތުމަށާއި، މުދަލުގެ އަގު ދެނެގަތުމަށާއި، ރާއްޖެއަށް އެތެރެކުރުން މަނާ ނުވަތަ ޚާއްޞަ ހުއްދައެއް ހޯދަންޖެހޭ މުދަލެއް ހުރިތޯ ދެނެގަތުމަށް ސްކްރީން ކުރެވެމުންދާނެއެވެ. އަދި އެޕާރްޝަލްގައި ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ނުވަތަ ޚާއްޞަ ހުއްދައެއް ބޭނުންވާ މުދަލެއް ހުރިކަމަށް ޝައްކު ކުރެވޭނަމަ އެފަދަ ޕާރްޝަލްތައް ޕޯސްޓް އޮފީހުގެ މުވައްޒަފެއް މެދުވެރިކޮށް ކަސްޓަމްސް އޮފިސަރެއްގެ ހާޒިރުގައި ބަލައިފާސްކުރެވޭނެއެވެ.

ޤާނޫނު ނަމްބަރު 79/31 ( ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނު) ގައިވާ ގޮތުގެ މަތިން ރައީސުލް ޖުމްހުރިއްޔާއަށް ލިބިޑީފައިވާ އިމްތިޔާޒުގެ ދަށުން އަމިއްލަ ފަރާތުން ކުދިކުދި ބޭނުމަށް ކޫރިއަރ މެދުވެރިކޮން އެތެރެކުރެވޭ ޕާރްޝަލްގައިވާ މުދަލުގެ އެފް.އޯ.ބީ އަގު -/6،000 (ހަހާސް) ރުފިޔާގެ މިންވަރު ހަމަނުވާ މުދަލަށް ޑިއުޓީ މާފް ކުރެވޭނެއެވެ.

އަމިއްލަ ބޭނުމަށް އެތެރެކުރެވޭ މުދަ ހުންނަންވާނީ އެއެތެރެކުރެވޭފަރާތެއްގެ އަމިއްލަ ނަމުގައެވެ. އެނޫން ނަމެއްގައި ހުންނަ މުދަލެއްނަމަ އެމުދާ ބެލެވޭނީ އެއީ ވިޔަފާރި މުދަލެއްގެ ގޮތުގައެވެ. އަދި އެމުދަލަށް އާއްމު އުޞޫލުން ޑިކްލަރޭޝަން ޕްރޮސެސް ކުރިއަށް ގެންދަން ޖެހޭނެއެވެ.

ކޫރިއަރ މެދުވެރިކޮން އިސްވެ ދެންނެވުނު ޑިއުޓީ އިނާޔަތް ލިބިދީފައިވާ މުދާ އެޕާރްޝަލް އެޑެރެސްކުރެވިފައިވާ ޕޯސްޓަލް އޮފީހަކަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ ފަރާތުން ހަވާލުކުރެވޭނެއެވެ.

ކޫރިއަރ މެދުވެރިކޮން އެތެރެކުރެވޭ މުދަލުގެ ތެރެއިން އެމުދަލުގެ ކްއަންޓިޓީ ގިނަކަމަށް ކަސްޓަމްސްއަށް ފެންނަ ޙަލަތްތަކުގައި އެމުދަލަކީ -/6،000 (ހަހާސް) ރުފިޔާގެ މިންވަރު ތެރޭގައި ހިމެނޭ މުދަލެއްނަމަވެސް އެމުދަލަށް ޑިކްލަރޭޝަން ފޯމް ފުރުވައި  -/6،000 (ހަހާސް) ރުފިޔާގެ އިނާޔަތް ކަނޑާލައި އެމުދާ ވިޔަފާރި މުދަލެއްގެ ގޮތުގައި ބެލޭނެއެވެ.

ކޫރިއަ މެދުވެރިކޮން އެތެރެކުރެވޭ މުދަލުގެ ތެރެއިން އަމިއްލަ ކުދިކުދި ބޭނުމަށް އެތެރެކުރެވޭ މުދަލުގެ އެފް.އޯ.ބީ އަގު -/6،000 (ހަހާސް) މިންވަރަށް ވުރެ ބޮޑުވާނަމަ މުދާ އެތެރެކުރި ފަރާތުން އެމުދަލަށް ޑިކްލަރޭޝަން ފޯމެއް ފުރަށް ޖެހޭނެއެވެ އަދި އެހާލަތުގައި އެމުދަލުގެ ޑިއުޓީ އިން -/6،000 (ހަހާސް) ރުފިޔާގެ މިންވަރު އުނިކުރެވޭނެއެވެ. މިސާލަކަށް: ރާއްޖެ ގެނައި މުދަލުގެ އެފް.އޯ.ބީ އަގަކީ -/10،000 ރުފިޔާ ނަމަ، އެމުދަލަށް ޑިއުޓީ ނެގޭނީ -/10،000 ރުފިޔާ އިން -/6،000 ރުފިޔާ އުނިކުރުމަށްފަހު -/4،000 ރުފިޔާ އަށެވެ.

ކޫރިއަ މެދުވެރިކޮން އެތެރެކުރެވޭ މުދަލުގެ ތެރެއިން ޑިކްލަރޭޝަން ފޯމް ފުރަށް ޖެހޭ ޙާލަތްތަކުގައި ޢަމަލު ކުރާނީ އާއްމުކޮން ޑިކްލަރޭޝަން ޕްރޮސެސްގައި އަމަލު ކުރާ ގޮތަށެވެ. ނަމަވެސް ކޮމަރޝަލް އިންވޮއިސްއެއް ނެތް ޙާލަތެއްގައި ކްރޫ އެންޑް ޕަސަންޖަރ ވެލްއޭޝަން ފޯމް ފުރައި މުދަލުގެ އަގު ކަނޑައެޅުމުގެ ފުރުސަތު ދެވޭނެއެވެ.

ކޫރިއަ މެދުވެރިކޮން އެތެރެކުރެވޭ މުދަލުގެ ތެރެއިން ކަސްޓަމްސްއިން އެކްސް ރޭ ސްކޭން ކުރުމަށްފަހު އިތުރަށް ބެލުމަށްފަހު ދޫކުރަން ކަނޑައަޅާ ޕާރްޝަލްގެ މައްލޫމާތު އެޕާރްޝަލްގެ ވެރިފަރާތަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ ފަރާތުން އަންގައި އެފަރާތަށް ޕޯސްޓް ރިސިޕްޓް ހަވާލު ކުރެވޭނެއެވެ. އަދި އެފަދަ ޕާރްޝަލް ތެރޭގައި ހިމެނޭ ޑިއުޓީ ދެއްކުމަށް ކަސްޓަމްސްއިން ކަނޑައަޅާ ޕާރްޝަލްއަށް ޑިކްލަރޭޝަން ފުރިހަމަ ކުރުމުން އެފަދަ ޕާރްސަލް ދޫކުރެވޭނެއެވެ.

އިސްވެ ދެންނެވުނު ޙަލަތްތަކުގައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑް އަށް އަދި ޕާރްޝަލްގެ ވެރިފަރާތުން އައްޔަނު ކުރާ ބްރޯކަރަކަށް އެޕާރްޝަލްގެ ޑިކްލަރޭޝަން ހުށަހެޅުމުގެ ފުރުސަތު ދެވޭނެއެވެ.

(އިތުރ މަޢުލޫމާތު ހޯއްދެވުމަށް މި ލިންކްއަށް ފިތާލައްވާ. އަމިއްލަ ފަރުދުން > އަމިއްލަ ފަރުދުންގެ ބޭނުމަށް އެތެރެކުރެވޭ މުދާ > ޑިކްލަރޭޝަން ނިންމުމާއި ލައިސަންސް ހުށަހެޅުން)

ނޯޓް: ކޫރިއަމަގުން ރާއްޖެ އެތެރެކުރެވޭ ޕާރްޝަލް ފަދަ ތަކެތީގެ ތެރެއިން ޕޯސްޓް މެދުވެރިކޮން ރާއްޖެއައުމުން އެފަދަ ޕާރްޝަލް އެދްރެސްކުރެވިފައިވާ ފަރާތަށް ހަވާލުކުރުމަކީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ ޒިއްމާއެކެވެ.