×

އަމިއްލަ ބޭނުމަށް ގެނެވޭ ތަކެތި

މުދަލުގެ ބަޔާން ހުށަހެޅުމާއި ހުއްދަތައް

މުދަލުގެ ބަޔާން ހުށަހެޅުން

މުދަލުގެ ބަޔާން ހުށަހެޅުން

ޤާނޫނު ނަންބަރު 31/79 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ޤާނޫނު) ގެ ދަށުން، އިމްޕޯޓް ޑިއުޓީ ދައްކަން ނުޖެހޭނީ އަމިއްލ ބޭނުމަށް ގެންނަ ތަކެތީގެ ތެރެއިން އޭގެ އެފް.އޯ.ބީ އަގު (ފްރެއިޓް އަދި އިންޝުއަރެންސް ނުލައި) 6،000ރ. އަށްވުރެ ދަށް ތަކެއްޗަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި ލިންކަށް ވަޑައިގަންނަވާ.

އަމިއްލަ ބޭނުމަށް އިމްޕޯޓުކުރެވޭ މުދާ ބަންދުކުރެވިފައި ހުންނަންވާނީ އެ މުދާ އިމްޕޯޓްކުރާ އަމިއްލަ ފަރުދެއްގެ ނަންމަތީއެވެ. މުދާ ބަންދުކުރެވިފައިވަނީ ކުންފުންޏެއްގެ ނަންމަތީކަމުގައި ވާނަމަ ބެލެވޭނީ އެ މުދާ އިމްޕޯޓްކުރެވެނީ އިޤްތިޞާދީ ބޭނުމަކަށްކަމުގައެވެ. އެހެންކަމުން ޢާންމު ޙާލަތުގައި ފުރިހަމަ ކުރަންޖެހޭ އިމްޕޯޓް ޑިކްލަރޭޝަން ޕްރޮސެސް ފުރިހަމަކުރަންޖެހޭނެއެވެ.

އަމިއްލަ ބޭނުމަށް އިމްޕޯޓްކުރާ މުދަލުގެތެރެއިން 6،000ރ. ގެ ގިންތިއަށް ފެތޭ މުދަލުގެ ޢަދަދަށް ބަލައި އިމްޕޯޓް ޑިކްލަރޭޝަން ފޯމު ފުރިހަމަކޮށް ހުށަހަޅަން ޖެހިދާނެއެވެ. މިޙާލަތުގައި އިމްޕޯޓް ޑިއުޓީއަށް ދެވޭ 6،000ރ. ގެ ޢިނާޔަތް ނުދެވޭނެއެވެ. އެހެންކަމުން އެ މުދަލަށް އިމްޕޯޓް ޑިއުޓީ ދައްކަންޖެހޭނެއެވެ.

މީގެއިތުރުން، އިމްޕޯޓްކުރާ މުދަލުގެ އަގު (ފްރެއިޓް އަދި އިންޝުއަރެންސްއާ ނުލައި) 6،000ރ. އަށްވުރެ ބޮޑު ނަމަ، ޑިކްލަރޭޝަން ފޯމު ކަސްޓަމްސައަށް ހުށަހަޅަންވާނެއެވެ. މި ޙާލަތުގައި 6،000ރ. އަށްވުރެ އިތުރުވާ ޢަދަދު ޑިއުޓީގެ ގޮތުގައި ދައްކަންޖެހޭނެއެވެ.

މިސާލަކަށް، މުދަލުގެ އަގަކީ 10،000ރ. ކަމުގައި ވާނަމަ، އޭގެއިން 6،000ރ. އުނިކުރުމުން ބާކީޖެހޭ 4،000ރ. އަށް ޑިއުޓީ ދައްކަންޖެހޭނެއެވެ.

ޑިކްލަރޭޝަން ފޯމު ހުށަހަޅަންޖެހޭ ޙާލަތްތަކުގައި، ކަސްޓަމްސްގެ ޢާންމު ޑިކްލަރޭޝަން މަރުޙަލާ ކުރިއަށްދާނެއެވެ. އަމިއްލަ ބޭނުމަށް މުދާ އިމްޕޯޓްކުރާއިރު އެ މުދަލުގެ އިންވޮއިސް ނެތްނަމަ ކްރޫ އެންޑް ޕަސެންޖަރ ވެލުއޭޝަން ފޯމް        (MCS-145 Passenger Crew Valuation Form) މުދަލުގެ ޞައްޙަ މަޢުލޫމާތާއެކު ފުރިހަމަކޮށް ޑިކްލަރޭޝަން ފޯމާއެކު ހުށަހަޅަންވާނެއެވެ. (ބިޒްނަސް ޑިކްލަރޭޝަން ޕްރޮސެސްއާ ގުޅޭގޮތުންނަމަ މި ލިންކަށް ވަޑައިގަންނަވާ)