×

އިމްޕޯޓަރުން

ޝިޕިންގ އެޖެންޓް

ޝިޕިންގ އެޖެންޓުންގެ ގޮތުގައި ރަޖިސްޓްރީވުން

ޝިޕިންގ އެޖެންޓުންގެ ގޮތުގައި ރަޖިސްޓްރީވުމަށް ކުންފުނިތަކުން ތިރީގައިވާ ޝަރުތުތައް ފުރިހަމަވާން ޖެހޭނެއެވެ.

ދިވެހިރާއްޖޭގައި ރަޖިސްޓްރީ ވެފައިވާ ކުންފުންޏަކަށްވުން

ޝިޕިންގ އެޖެންޓުގެ ޚިދުމަތްދެވޭ ވަސީލަތްތައް ހުރުން

ވައިގެ މަގުން އަންނަ އުޅަނދުފަހަރުގެ އެޖެންޓެއްނަމަ އެ އުޅަނދެއް ބަނދަރުކުރާ ބަނދަރެއްގެ ގްރައުންޑް އޮޕަރޭޝަންސްގެ މަސައްކަތްކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ހުއްދަ ލިބިފައިވުން

 

ޝިޕިންގް އެޖެންޓުކަން ކުރުމުގެ ލައިސަންސް ހޯދުމަށް ތިރީގައިވާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

އުޅަނދުފަހަރުގެ އޭޖެންޓުކަން ކުރުމުގެ ލައިސަންސަށް އެދޭ ފޯމު

ކުންފުނީގެ ރަޖިސްޓްރީގެ އަސްލު (ކޮޕީއަކާއެކު)

*ނޯޓު: ލިޔެކިޔުންތަކުގެ އޮރިޖިނަލްތައް ވެރިފައިކުރުމަށްފަހު ވަގުތުން އަނބުރާ ރައްދުކުރެވޭނެއެވެ.

ޝިޕިންގ އެޖެންޓުންގެ ފީ

ރަޖިސްޓްރޭޝަން 500 ރުފިޔާ
އަހަރީ ފީ 3500 ރުފިޔާ