×

އިމްޕޯޓަރުން

އުސޫލުތައް

އިމްޕޯޓް ލައިސަންސް ދޫކުރުމުގެ އިޖުރާޢަތުތައް

އިމްޕޯޓް/އެކްސްޕޯޓް ލައިސަންސް ދިނުމަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުގެ މެންޑޭޓެއް ކަމުގައި ނަމަވެސް ތިރީގައިމިވާ ފަރާތްތަކަށް އިމްޕޯޓް ލައިސަންސް ދޫކުރުމުގެ ބާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.

އަމިއްލަ ބޭނުމަށް މުދާ އިމްޕޯޓްކުރާ ފަރާތްތަކަށް ލައިސަންސް ދިނުމުގައި ކަސްޓަމްސް އިން އެގެންނަ މުދަލުގެ އަދަދަށް ބަލާނެއެވެ. އަދި މިކަން ނިންމާނީ އެސެކްޝަނެއްގެ އޮފިސަރ އިން ޗާޖްގެ ލަފާގެ މަތިންނެވެ.

އިމްޕޯޓް ކުރެވޭ މުދާ ވިއްކުމުގެ ހުއްދަނެތް ފަރާތްތަކަށް އިމްޕޯޓް ލައިސަންސް ދޫކުރާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުންނެވެ.

 

ކަސްޓަމްސްއިން ލައިސަންސް ދޫކުރާ އޮފީސްތައް

ތިރީގައިވާ ކަސްޓަމްސް އޮފީސްތަކުން އިމްޕޯޓް ލައިސަންސް ދޫކުރެވޭނެއެވެ.

އިމްޕޯޓް ލައިސަންސް ދޫކުރެވޭނީ އެކަމަށް ކަނޑައެޅިފައިވާ ފޯމް ފުރުމަށްފަހު މަތީގައި ބަޔާންކުރެވިފައިވާ އޮފީސްތަކަށް ހުށަހެޅުމުންނެވެ. ލައިސަންސް އަށް އެދޭ ފޯމް ކަސްޓަމްސް ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.