×

އިމްޕޯޓަރުން

އިމްޕޯޓަރުންނާއި އެކްސްޕޯޓަރުން

އިމްޕޯޓަރުންނާއި އެކްސްޕޯޓަރުން ރެޖިސްޓްރީވުން

ދިވެހިރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ޤާނޫނު (ޤާނޫނު ނަންބަރު 31/79) ގައިވާ ގޮތުން ދިވެހިރާއްޖެއަށް މުދާ އިމްޕޯޓްކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރެޖިސްޓްރީވާންޖެހެއެވެ. މީގެ އިތުރުން މި ޤާނޫނުގެ ދަށުން ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ މުދަލަށް، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން، ކަނޑައަޅާ އަގުގެ ކޮންމެ 100 ރުފިޔާ އަކުން 1ރުފިޔާ ގެ މަގުން ރެވެނިއު ފީއެއް ދައްކަން ޖެހެއެވެ.

 

އަމިއްލަ ބޭނުންތަކަށްނޫން އެހެން ބޭނުންތަކުގައި ދިވެހިރާއްޖެއަށް މުދާ އެތެރެކުރާ ފަރާތްތަކުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ރެޖިސްޓްރީކުރަން ޖެހޭނެއެވެ. ރެޖިސްޓްރީވުމަށް ތިރީގައިވާ ލިޔެކިޔުންތައް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

ރާއްޖެއިން ބޭރަށް ދަތުރުކުރާ މުދާ އުފުލާ ކަނޑުއުޅަނދުފަހަރު އަދި ޑިޕްލޮމެޓިކް ފަރާތްތަކުން ކަސްޓަމްސްގައި ރެޖިސްޓްރީވުމަށް މުދާ އިމްޕޯޓްކުރުމުގެ ހުއްދަ ހުށަހަޅާކަށް ނުޖެހޭނެއެވެ.

ތިރީގައިވާ ބޭނުމަށް މުދާ އިމްޕޯޓްކުރާ ފަރާތްތަކުން ކުންފުނި ރެޖިސްޓްރީ ނަންބަރުގެ އިތުރުން އިމްޕޯޓަރ ރެޖިސްޓްރީ ނަންބަރެއް ނަގަންޖެހޭނެއެވެ.