×

އިމްޕޯޓަރުން

އިމްޕޯޓް ލައިސަންސް

އިމްޕޯޓް ލައިސަންސް

އިމްޕޯޓް/އެކްސްޕޯޓް ލައިސަންސް ދިނުމަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުގެ މެންޑޭޓެއް ކަމުގައި ނަމަވެސް ތިރީގައިމިވާ ފަރާތްތަކަށް އިމްޕޯޓް ލައިސަންސް ދޫކުރުމުގެ ބާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.

އަމިއްލަ ބޭނުމަށް މުދާ އިމްޕޯޓްކުރާ ފަރާތްތަކަށް ލައިސަންސް ދިނުމުގައި ކަސްޓަމްސް އިން އެގެންނަ މުދަލުގެ އަދަދަށް ބަލާނެއެވެ. އަދި މިކަން ނިންމާނީ އެސެކްޝަނެއްގެ އޮފިސަރ އިން ޗާޖްގެ ލަފާގެ މަތިންނެވެ.

އިމްޕޯޓް ކުރެވޭ މުދާ ވިއްކުމުގެ ހުއްދަނެތް ފަރާތްތަކަށް އިމްޕޯޓް ލައިސަންސް ދޫކުރާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުންނެވެ.

 

އިމްޕޯޓް ލައިސަންސް ހޯދުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

އަލަށް އިމްޕޯޓް ލައިސަންސްއަށް އެދޭނަމަ މަތީގައިވާ ލިޔެކިޔުންތަކާއިއެކު ތިރީގައިވާ ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެއެވެ.

އިމްޕޯޓް، އެކްސްޕޯޓް އަދި ރީއެކްސްޕޯޓްގެ ގަވާޢިދުގައިވާ ގޮތުން ލައިސަންސްއެއް ނެތި މުދާ އިމްޕޯޓް، އެކްސްޕޯޓް ނުވަތަ ރީއެކްސްޕޯޓް ކުރި ހާލަތެއްގައި ކަސްޓަމްސްއިން ކަނޑައަޅާ އަގެއްގެ ކޮންމެ 1 ރުފިޔާއަކަށް 20 ލާރީގެ ނިސްބަތުން ޖޫރިމަނާކުރެވޭނެއެވެ. ޖޫރިމަނާ ލާރި ކަސްޓަމްސް ޑިއުޓީއާއި އެކީ ދައްކާލެވޭނެއެވެ.

ނޯޓް: ހުށަހެޅި އަސްލު ލިޔުންތައް ބަލައި ކަށަވަރު ކުރުމަށްފަހު ވަގުތުން ވެރިފަރާތަށް ޙަވާލުކުރެވޭނެ އެވެ.