×

އިމްޕޯޓަރުން

އިމްޕޯޓްކުރުން މަނާތަކެއްޗާއި ހިފެހެއްޓޭ ތަކެތި

އިމްޕޯޓްކުރުން ކޮންޓްރޯލްކުރެވިފައިވާ ތަކެތި

މިއީ އިމްޕޯޓްކުރުމަށް ޚާއްސަ ހުއްދައެއް ބޭނުންވާ ތަކެއްޗެވެ.

ރަލާއި ރަލުގެ ބާވަތްތައް
ރަލާއި ރަލުގެ ބާވަތްތައް ހުއްދަނެތި އިމްޕޯޓުކުރުމަކީ ޤާނޫނު ނަންބަރު 4/75  ގެ ދަށުން މަނާކުރެވިފައިވާ ކަމެކެވެ.
މިތަކެތި އެއަރޕޯޓުން ހިފެއްޓޭނެތީ ރާއްޖެ އަންނަމުން ރަލާއި ރަލުގެ ބާވަތެއް ފްލައިޓުން ނުވަތަ ޑިއުޓީފްރީ ފިހާރައަކުންވިއަސް ނުގަތުމަށް އިލްތިމާސްކުރަމެވެ. ނަމަވެސް ރަލާއި، ބިޔަރު އަދި މިފަދަ އެހެނިހެން ބުއިންތައް ރާއްޖޭގެ ރިސޯޓުތަކާއި ހޮޓެލްތަކުން ލިބެން ހުންނާނެއެވެ. އެތަކެތި އިމްޕޯޓް ކުރެވިފައިވަނީ ޚާއްސަ ހުއްދައަކާއެކުއެވެ.

* މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްއިން ކުރިޔާލައި ހުއްދަ ނަގާފައި އޮންނަންވާނެއެވެ.

 

އޫރުމަހާއި އޫރުމަހުގެ ބާވަތްތައް
އޫރުމަހާއި އޫރުމަހުގެ ބާވަތްތައް ހުއްދަނެތި އެތެރެކުރުމަކީ ޤާނޫނު ނަންބަރު 4/75 ގެ ދަށުން މަނާކުރެވިފައިވާ ކަމެކެވެ.

* މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްއިން ކުރިޔާލައި ހުއްދަ ނަގާފައި އޮންނަންވާނެއެވެ.

 

ކެމިކަލްއާއި ކެމިކަލްގެ ބާވަތްތައް
ކެމިކަލް
އެސިޑު
ޒަހަރު
ވިހަ މާއްދާތައް

* މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއިން ކުރިޔާލައި ހުއްދަ ނަގާފައި އޮންނަންވާނެއެވެ.

 

އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު
ޖަނަވާރަށް އެއްވެސް އިންފެކްޝަނެއް ނޫނީ ގައިން ގަޔަށް އަރާ ބައްޔެއް ޖެހިފައި ނުވާކަން ކަށަވަރުކޮށް ކަމާބެހޭ ހުއްދަ ލިބިފައިވާ ޑޮކްޓަރެއް ދޫކޮށްފައިވާ ސެޓްފިކެޓެއް އޮންނަންވާނެއެވެ.

ނޯޓް: ކުއްތާއާއި ނުރައްކާތެރި ޖަނަވާރު އިމްޕޯޓްކުރުމަކީ މަނާކަމެކެވެ.

* ކަމާބެހޭ ހުއްދަ ލިބިފައިވާ ޑޮކްޓަރެއް ދޫކޮށްފައިވާ ސެޓްފިކެޓެއް އޮންނަންވާނެއެވެ.

 

ބަޑި / ގޮވާތަކެތި / ހަތިޔާރާއި ވަޒަން
ފިސްތޯލު، ރިވޯލްވަރު، ރައިފަލް، ޝޮޓްގަން، ޕެލެޓް ގަން ފަދަ ތަކެތި
ހަތިޔާރެއްގެ ރެޕްލިކާ، ހަތިޔާރެއްގެ ބައެއް، މަހަށް ޖަހާ ބަޑި/ލޮންސި، ގޮވުން ނޫނީ ޝޮކު އުފައްދާ ތަކެތި
ގޮވާތަކެތި އަދި އޭގެ ރެޕްލިކާ، ފަޓާހާއި އެފަދަ އެހެނިހެން ތަކެތި

* މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއިން ކުރިޔާލައި ހުއްދަ ނަގާފައި އޮންނަންވާނެއެވެ.

 

ދިރޭ ގަސްގަހާއި ޖަނަވާރު
ގަސްގަހާގެހި އިމްޕޯޓުކުރުމަށްޓަކައި ޞައްޙަ ފައިޓޯސެނިޓަރީ ސެޓްފިކެޓެއް ބޭނުންވާނެއެވެ. އަދި މިނިސްޓްރީ އޮފް ފިޝެރީސް އެންޑް އެގްރިކަލްޗަރ އިން ބަލައި ފާސްކުރަންވާނެއެވެ.

* ޞައްޙަ ފައިޓޯސެނިޓަރީ ސެޓްފިކެޓެއް ބޭނުންވާނެއެވެ.

 

ބޭސް
ކޮންޓްރޯލްކުރެވިފައިވާ ޑްރަގްސް ނުވަތަ ބޭސް އިމްފޯޓުކުރުމަށްޓަކައި މެޑިކަލް ޕްރެކްޓިޝަނަރެއް ދޫކޮށްފައިވާ ޞައްޙަ ޕްރިސްކްރިޕްޝަނެއް ބޭނުންވާނެއެވެ. (ހަމައެކަނި އަމިއްލަ ބޭނުމަށް)

* ހަމައެކަނި އަމިއްލަ ބޭނުމަށް: ި މެޑިކަލް ޕްރެކްޓިޝަނަރެއް ދޫކޮށްފައިވާ ޞައްޙަ ޕްރިސްކްރިޕްޝަނެއް ބޭނުންވާނެއެވެ.

 

ދުންފަތާ ދުންފަތުގެ ބާވަތްތައް
މިނިސްޓްރީ އޮފް ހެލްތްއިން އަންގާފައިވާ ފަދަ އިންޒާރެއް ލިޔެވިފައިވާ ލޭބަލްއެއް ދުންފަތުގެ ބާވަތްތަކުގައި ހުންނަންވާނެއެވެ.

ނޯޓް: ކޮންމެ ފަސިންޖަރަކަށްވެސް އިމްޕޯޓް ޑިއުޓީ އެލަވަންސް ގިނަވެގެން 200 ސިނގިރޭޓަށް، 20 ސުއްޓާއަށް ނުވަތަ 250 ގުރާމުގެ ދުންފަތަށް ދެވޭނެއެވެ.

 

މުވާސަލާތީ ވަޞީލަތްތައް
ޓޯކީ ސެޓް، ރިސީވަރު އަދި 100 މިލިވޯޓަށްވުރެ މަތީ ފްރިކުއެންސީއެއްގައި ޓްރާންސްމިޓް ކުރެވޭ މުވާސަލާތީ ވަޞީލަތްތައް މޯލްޑިވްސް ޓެލެކޮމިއުނިކޭޝަން އޮތޯރިޓީއިން ބަލައި ފާސްކުރަންވާނެއެވެ.