×

އިމްޕޯޓަރުން

ހުށަހަޅަންޖެހޭ ލިޔުންތައް

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

ކަސްޓަމްސް ޤާނޫނުގެ ދަށުން އިމްޕޯޓް މުދަލުގެ ބަޔާން ހުށަހަޅާއިރު ތިރީގައިވާ ލިޔެކިޔުންތައް ކަސްޓަމްސްއަށް ހުށަހަޅަންޖެހޭނެއެވެ.

ޕްރީ-ވެލުއޭޝަން ފޯމް (އެންލައިންކޮށް، އަސިކުޑާ ވޯލްޑް ޕްރޮގްރާމް މެދުވެރިކޮށް)

ކަސްޓަމްސްއިން ޤަބޫލުކުރާ މިންގަޑަށް ފެތޭ އިންވޮއިސް (އަގު ބަޔާންކޮށްފައި ވާންޖެހޭނީ އެފް.އޯ.ބީ. އިން)

ޕެކިންގ ލިސްޓް (މުދަލުގެ ތަފްޞީލާއި، އަގާއި، ބަރުދަން އެނގޭގޮތަށް)

ބިލް އޮފް ލޭޑިންގ، އެއަރވޭ ބިލް ނުވަތަ ކުރިއަރ ވޭބިލް

މުދާ ގަތް ފަރާތުން މުދާ ގަންނަން ހޭދަކުރި އަގުގެ ގޮތުގައި ޕްރީވެލުއޭޝަން ފޯމްގައި ބަޔާންކޮށްފައިވާ މައުލޫމާތުތަކުގެ ލިޔެކިޔުންތައް

އިންޝުއަރެންސް ހައްދާފައިވާ މުދަލުގެ އިންޝުއަރެންސް

ޕޯސްޓްގެ މަގުން އެތެރެކުރެވޭ މުދަލަށް ބޮންޑް ރަސީދު ނުވަތަ ޕޯސްޓް ވޭބިލް

ކުރިއަރގެ ގޮތުގައި އެތެރެކުރެވޭ މުދަލަށް ކުރިއަރ އެއަރވޭބިލް ނުވަތަ ޑެލިވަރީ އޯޑަރ

އެމުދަލެއް ދޫކުރެވޭ ކަސްޓަމްސްގެ ބަނދަރާއި ހަމައަށް މުދާގެންނަން ކުރި ޚަރަދުގެ ލިޔެކިޔުންތައް

މުދަލަށް ލާރިދެއްކިގޮތް އެނގޭނެ ލިޔެކިޔުންތައް

ޕެރޮފޯމަރ އިންވޮއިސް ނުވަތަ ޕަރޗޭސް އޯޑަރ

މުދާ ވިއްކި ފަރާތާއި މުދާގަތް ފަރާތާއި ދެމެދު އެއްވެސް އެއްބަސްވުމެއްވެފައިވާނަަމަ އެކަންއެނގޭނެ ލިޔުމެއް

އެއްކޮށް އަގު ދީފައިވާނަމަ ސްޕެއަރ، މެޝިންފަދަތަކެތީގެ ވަކި އަގުތައް

ސައިކަލާއި ދެފުރޮޅުލީ އުޅަނދުނޫން އުޅަނދުފަހަރު އެތެރެކުރާނަމަ ކުރީގައި ރެޖިސްޓަރވެފައިވާ ކަމުގައިވާނަމަ ޑީ-ރެޖިސްޓްރޭޝަން ސެޓިފިކެޓްގެ އަސްލު

ކަނޑު އުޅަނދުފަހަރު އެތެރެކުރާނަމަ ކަނޑު އުޅަނދުފަހަރުގެ އިތުރު މައުލޫމާތު ޝީޓް

ޕްރިފަރެންޝިއަލް ޑިއުޓީ ނަގާނަމަ ސެޓިފިކެޓް އޮފް އޮރިޖިންގެ އަސްލު

އިމްޕޯޓް ކުރާ މުދަލެއްގެ ބާވަތުން، ސަރުކާރުގެ އިދާރާތަކުން (އެމުދަލަކާއި ގުޅޭ އިދާރާއަކުން) ނަގަންޖެހޭ ހުއްދަތައް

އިމްޕޯޓް ކުރެވޭ މުދަލާއި ބެހޭގޮތުން އިމްޕޯޓްކުރާ މީހާ ކަސްޓަމްސްއަށް ހުށަހަޅަން ބޭނުންވާ އިތުރު މައުލޫމާތު

 

މުދަލުގެ ބަޔާން ހުށަހަޅަން ނުޖެހޭ މުދާ:

ޑިއުޓީ މައާފުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިންވަރު

ރާއްޖޭގެ ރައްޔިތުންނާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީން އެފަރާތްތަކުގެ އަމިއްލަ ޒާތީ ބޭނުންތަކަށް ގެންނަ މުދާ

ރާއްޖެއިން ބޭރުން ރާއްޖެއަށް އަންނަ ރާއްޖޭގެ ރައްޔިތުންނާއި ބިދޭސީންގެ މުދާ

ދިގުމުއްދަތަކަށް ރާއްޖެއިން ބޭރުގައި އުޅެފައި އަންނަ ރާއްޖޭގެ ރައްޔިތުން ގެންނަ، ބޭނުންކޮށްފައިހުންނަ މުދާ

ރާއްޖޭގައި 6 މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް މަސައްކަތްކުރުމަށް އަންނަ ޕްެރޮފެޝަނަލް ގިންތީގެ މީހުން، އެމީހުންގެ ދިރިއުޅުން ރާއްޖެއަށް ބަދަލުކުރުމަށްޓަކައި ގެންނަ، ބޭނުންކޮށްފައި ހުންނަ ތަކެތި