އެކްސްޕޯޓަރުން
ރެޖިސްޓްރީކުރުން
ރެޖިސްޓްރީކުރުން
ދިވެހިރާއްޖޭގެ އިމްޕޯރޓް/އެކްސްޕޯރޓް ކުރުމުގެ ޤާނޫނު 31/79 ގައިވާ ގޮތުގެ މަތިން، އެއްވެސް ފަރާތަކުން ދިވެހިރާއްޖެއިން މުދާ އެކްސްޕޯރޓް ކުރާނަމަ، މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓް (އެމްއީޑީ) ގައި ރަޖިސްޓްރީ ކުރަން ވާނެއެވެ. މީގެ އިތުރުން މި ޤާނޫނުގެ ދަށުން ދިވެހިރާއްޖެއިން އެކްސްޕޯޓްކުރާ މުދަލަށް، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން، ކަނޑައަޅާ އަގުގެ ކޮންމެ 100 ރުފިޔާ އަކުން 1ރުފިޔާ ގެ މަގުން ރެވެނިއު ފީއެއް ދައްކަން ޖެހެއެވެ.
ދިވެހިރާއްޖެއިން މުދާ އެކްސްޕޯރޓް ކުރާ ފަރާތްތަކުން (އަމިއްލަ ބޭނުމުގައި ފޮނުވާ ތަކެތި ފިޔަވައި) ކަސްޓަމްސްގައި ރަޖިސްޓްރީ ކުރަންވާނެއެވެ. އަދި ރަޖިސްޓްރީ ކުރުމަށްޓަކައި އަންނަނިވި ލިޔުންތައް ކަސްޓަމްސް އަށް ހުށަހަޅަން ވާނެއެވެ.
ނޯޓް: ހުށަހެޅި އަސްލު ލިޔުންތައް ބަލައި ކަށަވަރު ކުރުމަށްފަހު ވަގުތުން ވެރިފަރާތަށް ޙަވާލުކުރެވޭނެ އެވެ.