×

އެކްސްޕޯޓަރުން

ގާނޫނާ ގަވާއިދުތައް

ޤާނޫނާއި ގަވާއިދުތައް

ޤާނޫނާއި ގަވާއިދުތަކުގެ މައިގަނޑު ބޭނުމަކީ ވިޔަފާރިވެރިންނަށް ދެވޭ ޚިދުމަތް އެއް ފެންވަރެއްގައި ހިފެހެއްޓި، ވިޔަފާރިވެރިންނަށް ފަހި މާޙައުލެއް ހޯދައިދިނުމެވެ. ދިވެހިރާއްޖެއަށް މުދާ އެތެރެކުރުމަށް ބޭނުންވާ ހުރިހާ ޤާނޫނެއް ކަސްޓަމްސްގެ ވެބްސައިޓުން ލިބޭނެއެވެ.

ކަސްޓަމްސްގެ މައިގަނޑު މަސްޢޫލިއްޔަތު ބިނާވެފައިވަނީ މިޤާނޫނުތަކާއި ގަވާއިދުތަކުގެ މައްޗަށެވެ. މީގެ އިތުރުން މޯލްޑިވްސް ކަސްޓަމްސްއަކީ ޤާނޫނު ތަންފީޒުކުރާ އިދާރާއެެއްކަމުން އެހެން ތަންފީޒީ އިދާރާތަކުގެ ޤާނޫނުތަކާއި ގަވާޢިދުތައް ތަންފީޒުކުރުމަކީވެސް ކަސްޓަމްސްގެ މަސްޢޫލިއްޔަތެކެވެ.

ކަސްޓަމްސްއަށް ލިބިފައިވާ ޙައްޤުތަކާއި، ޤާނޫނީ ބާރުތަކާއި މަސްޢޫލިއްޔަތުތައް ކަސްޓަމްސްގެ ޤާނޫނުގައި ބަޔާންކުރެވިފައިވާނެއެވެ. އަދި މިމަސްޢޫލިއްޔަތުތައް އަދާކުރުމަށް ކަސްޓަމްސްއިން ގެންގުޅޭ ގަވާޢިދުތައް ކަސްޓަމްސްގެ ޢާންމު ގަވާއިދުގައި ބަޔާންކުރެވިފައިވާނެއެވެ.