×

މުޢައްސަސާ އާއި ބެހޭ

ސީޖީގެ މެސެޖް

ކޮމިޝަނަރ ޖެނެރަލްގެ މެސެޖް - އަލްފާޟިލް އަޙްމަދު ނުޢުމާން

އަލްފާޟިލް އަޙްމަދު ނުޢުމާން

އަލްފާޟިލް އަޙްމަދު ނުޢުމާން

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ހަވާލުކުރެވިފައިވާ ޒިންމާތައް އަދާކުރުމުގައާއި ކަސްޓަމްސްގެ އިޙްތިސާސްގެ ތެރޭ ހިމެނޭ އެންމެހާ ކަންތައްތައް އޭގެ އެންމެ ފުރިހަމަގޮތުގައި ކުރުމަށް ކަސްޓަމްސްއިން މެދުކެނޑުމެއް ނެތި ތަފާތު މަސައްކަތް އަބަދުވެސް ކުރަމުންދެއެވެ. މިގޮތުން ކަސްޓަމްސްއަކީ ޤާނޫނު ތަންފީޒްކުރާ މުއައްސަސާއަކަށް ވީ ހިނދު ކަސްޓަމްސްގެ ޒިންމާތައް އެންމެ އެކަށޭނޭ ގޮތެއްގައި އަދާކުރުމަށް ބޭނުންވާ ހުނަރާއި ޤާބިލްކަން މުވައްޒަފުންގެ ތަރައްޤީކުރުމުގެ އިތުރުން ޒަމާނީ ޓެކްނޮލޮޖީއަށް މުވައްޒަފުން އަހުލުވެރިކުރުވާ އަދި ކަސްޓަމްސްއިން ދޭ ޚިދުމަތް ޒަމާނާ އެއްގޮަތަށް ދިނުމަށް މެދުނުކެނޑި މަސައްކަަތްކުރެވެމުންދެއެވެ. ކަސްޓަމްސްގެ އެންމެ ބޮޑު އެއް އަމާޒަކީ މަސައްކަތުގެ މާހައުލުގައި ފުރިހަމަކޮށްދެވޭ ޚިދުމަތް ފަސޭހައިން އަވަސްކަމާއެކު މުޖުތަމަޢު ބަލައިގަންނާނެހެން ކަސްޓަމްސްގެ އިދާރާ ބައްޓަންކުރުމެވެ.

މާލޭގައި ކަސްޓަމްސްގެ ޚިދުމަތްތައް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާލޭ ވިޔަފާރީ ބަނދަރުގައި ލިބެން ހުންނައިރު ރާއްޖޭގެ ތަފާތު ސަރަޙައްދުތަކަށް ކަސްޓަމްސްގެ ޚިދުމަތް އެސަރަޙައްދުތަކުގައި ހިންގާ މަޝްރޫޢުތަކަށް ފަސޭހަވާނެހެން ދަނީ ފުޅާކުރެވެމުންނެވެ.

ކަސްޓަމްސްގެ ޚިދުމަތްތައް އެއް މިސްރާބަކަށް ގެންދިއުމަށް ތަސައްވަރެއްވަނީ (2014-2018) އެކުލަވާލެވި އެ ތަސައްވަރާ އެއްގޮތަށް ކަސްޓަމްސްގެ ޚިދުމަތްތައް މިދަނީ ފުޅާކުރެވެމުންނެވެ. މިގޮތުން ކަސްޓަމްސްގެ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް ފަސޭހައިން ޚިދުމަތް ހޯދުމަށް ގެންނަންޖެހޭ ބަދަލުތައްވެސް މި ތަސައްވަރުގެ ދަށުން މިދަނީ ގެންނަމުންނެވެ. ކަސްޓަމްސްގެ ތަސައްވަރު އަދި ކުރިމަގު އެކުލަވާލެވިފައިވަނީ ކުރިއަރަމުން އަންނަ ވިޔަފާރި އަދި ކަސްޓަމްސްއާ ގުޅުންހުރި އެހެނިހެން ދާއިރާތަކަކީ ކޮބައިތޯ ބެލުމާއެކު އިޤްތިޞާދީ ހަރަކާތްތަކަށް ފަހި މާހައުލެއް ގެނެސްދެވޭނެ ވިސްނުމުގެ ތެރެެއިންނެވެ. އަދި ކަސްޓަމްސްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަކަކީ ކޮބައިތޯ ބަލައި އެފަދަ ކަންތައްތަކަށް ހައްލު ހޯދުމަށް ކަސްޓަމްސްގައި މިވަގުތު ހުރި ވަސީލަތްތައް އެންމެ ފުރިހަމަގޮތުގައި ބޭނުންކޮށްގެން ޙިދުމަތްތަކަށް އިތުރަށް ފުރިހަމަ ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މިގޮތުން ކަސްޓަމްސްއިން ދެމުން އަންނަ ޚިދުމަތް އިތުރަށް ފުރިހަމަކުރުމަށް ތަފާތު ހަތަރު ދާއިރާއެއް ފާހަގަކޮށް އެ ދާއިރާތައް ކުރިއެރުމަށް ދަނީ މަސައްކަތްކުރަމުންނެވެ. އެ ދާއިރާތަަކަކީ؛

1 - މުވައްޒަފުންގެ ޤާބިލްކަން އިތުރުކުރުން  

2 - ލުއިފަސޭހަ އަވަސް ޚިދުމަތް ފޯރުކޮށްދިނުން

3- ރިސްކް މެނޭޖްމަންޓް އަދި އެންފޯސްމަންޓް

4- ކަސްޓަމްސްގެ މަސައްކަތާ ގުޅުން ހުރި ފަރާތަކާ ގުޅިގެން މަސައްކަތް ކުރުން

 

ކަސްޓަމްސްގެ ޚިދުމަތްތައް ފުރިހަމަވެފައިވަނީ ހިދުމަތް ދިނުމުގައި ޒަމާނީ ޓެކްނޮލޮޖީގެ ފަސޭހަ ހިމެނި އަދި ވެބްސައިޓް ފަދަ އިންޓަރނެޓް ޒަރިއްޔާއިން ލިބޭ އެންމެހާ ފަސޭހަތަކާއެކުއެވެ. އަދި ކަސްޓަމްސްގެ މި ޕޯޓަލްއިން ޚިދުމަތައް އިތުރު އިންޤިލާބެއް ގެނެސް މިހާރު ލިބޭ ޚިދުމަތްތައް އިތުރު ފުރިހަމަކަން ގެނުވާނެ އަދި މިހާރަށް ވުރެ ޚިދުމަތް ހޯދުމާއި ލިބިގަތުމުގައި ފަސޭހަވާނެ، ދެފުށް ފެންނަ އިތުބާރުކުރެވޭ ނިޒާމެއްގެ ތެރެއިން މުޖުތަމައު ބަލައިގަންނާނެފަދަ ޚިދުމަތްތައް ފޯރުކޮށްދޭނެ ކަމީ އަޅުގަނޑަށް އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.