×
ކަސްޓަމްސް ތަފާސް ހިސާބު - އޮގަސްޓް 2019

ކަސްޓަމްސް ތަފާސް ހިސާބު - އޮގަސްޓް 2019




ފާއިތުވި އޮގަސްޓް މަހު ރާއްޖެއިން އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2018 ވަނަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 22 އިންސައްތަ ވަނީ ދަށްވެފައެވެ. 2018 ވަނަ އަހަރުގެ އޮގަސްޓް މަހު ދިވެހިރާއްޖެއިން 4.2 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ އޮގަސްޓް މަހު މި ޢަދަދުވަނީ 3.3 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ. ވޭތުވެދިޔަ އޮގަސްޓް މަހު ރާއްޖެއަށް އިމްޕޯޓްކުރެވުނު މުދަލާއި އެކްސްޕޯޓްކުރެވުނު މުދާ އަދި ކަސްޓަމްސްއަށް ލިބުނު އާމްދަނީގެ ތަފްޞީލް ތިރީގައި އެވަނީއެވެ.


  މީގެއިތުރުން، ފާއިތުވި އޮގަސްޓް މަހު ދައުލަތަށް ލިބުނު އާމްދަނީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 13 އިންސައްތަ ވަނީ ދަށްވެފައެވެ. 2018 ވަނަ އަހަރުގެ އޮގަސްޓް މަހު 301 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ އޮގަސްޓް މަހު މި ޢަދަދުވަނީ 262 މިލިއަން ރުފިޔާއަށް ވަނީ ދަށްވެފައެވެ.


އިމްޕޯޓް/އެކްސްޕޯޓް ތަފާސް ހިސާބު އޮގަސްޓް 2019


 ދައުލަތަށް ލިބުނު އާމްދަނީ :%13 ދަށް


 އޮގަސްޓް 2018: 301 މިލިއަން  ދިވެހި ރުފިޔާ


އޮގަސްޓް 2019 : 262 މިލިއަން ދިވެހި ރުފިޔާ


އެކްސްޕޯޓް ކުރެވުނު މުދާ (އެފް.އޯ.ބީ އަގު):  %1 ދަށް


އޮގަސްޓް 2018: 258 މިލިއަން ދިވެހި ރުފިޔާ


އޮގަސްޓް 2019 : 255 މިލިއަން ދިވެހި ރުފިޔާ


އިމްޕޯޓް ކުރެވުނު މުދާ  (ސީ.އައި.އެފް) އަގު : %22 ދަށް


އޮގަސްޓް 2018: 4.2 ބިލިއަން ދިވެހި ރުފިޔާ


އޮގަސްޓް 2019 : 3.3 ބިލިއަން ދިވެހި ރުފިޔާ


ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ސިންގަޕޫރު، ޔޫ.އޭ.އީ އަދި ޗައިނާއެވެ. ސިންގަޕޫރުން 465 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު ޔޫ.އޭ.އީ އަދި ޗައިނާއިން 460 މިލިއަން އަދި 453 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ. ވޭތުވެދިޔަ އޮގަސްޓް މަހު އަގުގެގޮތުން ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓްކުރި އަދި އެކްސްޕޯޓްކުރި ޤައުމުތަކުގެ ލިސްޓް ތިރީގައި އެވަނީއެވެ.


2019 އޮގަސްޓް މަހު އަގުގެގޮތުން އެންމެ ގިނައިން އެކްސްޕޯޓް ކުރި 5 ޤައުމު


އެމެރިކާ %23


އިނގިރޭސިވިލާތް %14


ފަރަންސޭސިވިލާތް%13


ޖަރުމަނުވިލާތް   %8


ތައިލޭންޑް %7


2019 އޮގަސްޓް މަހު އަގުގެގޮތުން އެންމެ ގިނައިން އިމްޕޯޓް ކުރި 5 ޤައުމު


ސިންގަޕޫރު%14


ޔޫ.އޭ.އީ %14


ޗައިނާ %14


އިންޑިއާ %11


މެލޭޝިއާ %7


މި މަޢުލޫމާތާ ގުޅޭ އިތުރު ތަފްޞީލް "މަންތްލީ ސްޓެޓިސްޓިކްސް" ޝީޓުން ލިބެން ހުންނާނެއެވެ. މި ޝީޓް ކަސްޓަމްސްގެ ވެބްސައިޓް (www.customs.gov.mv) ގެ ޑައުންލޯޑްސް (ޕަބްލިކޭޝަން) ގައި ޝާއިޢުކުރެވިފައި ވާނެއެވެ.

މީޑިއާ އެންކުއަރީޒް

ސްޓްރެޓީޖިކް މެނޭޖްމަންޓް ސެކްޝަން

ފޯން: 193 3334 960+

އީމެއިލް: media@customs.gov.mv

މޯލްޑިވްސް ކަސްޓަމްސް ސަރވިސް

ޕަބްލިޝްކުރީ

30 ސެޕްޓެމްބަރ 2019

ޝެއާ