×
ބައިނަލްއަޤްވާމީ ކަސްޓަމްސް ދުވަސް

ބައިނަލްއަޤްވާމީ ކަސްޓަމްސް ދުވަސް
ބައިނަލްއަޤްވާމީ ކަސްޓަމްސް ދުވަސް ފާހަގަކުރުމުގެގޮތުން ޚާއްޞަ ހަފްލާއެއް މިއަދު ކަސްޓަމްސް ބިލްޑިންގ ގައި ބާއްވައިފިއެވެ. މި ހަފްލާ ޝަރަފްެވެރިކޮށްދެއްވީ ކަސްޓަމްސްގެ މިނިސްޓަރ, މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.


ބައިނަލްއަޤްވާމީ ކަސްޓަމްސް ދުވަހުގެ މިއަހަރުގެ ޝިޔާރުކަމަށްވާ “CUSTOMS FOSTERING SUSTAINABILITY FOR PEOPLE, PROSPERITY AND THE PLANET.” ގެދަށުން ޚާއްޞަ މަސައްކަތްތަކެއް ކޮށްފައިވާ 19 އޮފިސަރަކަށް ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާގެ މެރިޓް ސެޓްފިކެޓް ދެއްވުން މިއަދުގެ ހަފްލާގައި އޮތެވެ. މި އޮފިސަރުންނަށް ސެޓްފިކެޓް ބައްސަވައިދެއްވީ ކަސްޓަމްސްގެ މިނިސްޓަރ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.


މި ހަފްލާގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ކަސްޓަމްސްއިން އަދާކުރަމުންދާ ދައުރުގެ މުހިއްމުކަމަށް ވަނީ އަލި އަޅުވާލާފައެވެ. އަދި ކަސްޓަމްސްއިން އަދާކުރަމުންދާ ބޯރޑަރ ސެކިއުރިޓީ ރޯލުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ ޒީރޯ ޓޮލެރަންސް ސިޔާސަތުގެ ދަށުން އެންމެ މުހިއްމުކަމެއް ދޭންވާނީ ކަނޑައެޅިފައިވާ ގަވައިދުތަކާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޒިންމާ ތަކާއި މަސްއޫލިއްޔަތު އަދާ ކުރަމުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.


މީގެ އިތުރުން އިމްޕޯޓަރ/ އެކްސްޕޯޓަރ ރެޖިސްޓްރީ ކުރުމާއިި އޮފްޝޯ ދަތުރުތަކުގެ އެޕްލިކޭޝަންގެ ޚިދުމަތް އޮޓަމޭޓް ކޮށް އެ ޚިދުމަތްތައް ލޯންޗްކުރުންވެސް މިޙަފްލާގައި އޮތެވެ. މި ޚިދުމަތްތައް ތަޢާރަފް ކުރެވުމާއެކު ކަސްޓަމްސްގެ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް  ވީހާވެސް ލުއިފަސޭހަ އަވަސް އަދި ޕޭޕަރލެސް ހިދުމަތެއް ދިނުމަށް މަގުފަހިވެގެން ދާނެއެވެ. އަދި އޮފްޝޯރ އެޕްލިކޭޝަން ތަޢާރަފް ކުރެވުމާއެކު ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަންތަނަށް މުދާ އަރުވައި ބޭލުމުގެ އިންތިޒާމް ހަރުދަނާކުރެވި، އޮފްޝޯރ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ހަލުވިކަމާއެކު ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ކަސްޓަމްސްގެ ފަރާތުން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.

މީޑިއާ އެންކުއަރީޒް

ސްޓްރެޓީޖިކް މެނޭޖްމަންޓް ސެކްޝަން

ފޯން: 193 3334 960+

އީމެއިލް: media@customs.gov.mv

މޯލްޑިވްސް ކަސްޓަމްސް ސަރވިސް

ޕަބްލިޝްކުރީ

28 ޖަނަވަރީ 2020

ޝެއާ